ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އުފަންވީ މީލާދީން 28 މާރިޗު 1977 ވަނަ އަހަރު ހުވަދޫ އަތޮޅު އުތުރުބުރީ މާމެންދޫ އަށެވެ. ޑރ. ޝަހީމް ތަޢުލީމު ޙާޞިލްކުރީ ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްޔާއާއި މެލޭޝިޔާއިންނެވެ. ޑރ. ޝަހީމް ޕީއެޗްޑީ ޙާޞިލްކުރީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު)ގެ ދާއިރާއިންނެވެ.