ޢައްމަ ފޮތުގެ ސޫރަތްތައް ރެކޯޑް ކޮށްފައިވަނީ 2015 ވަނަ އަހަރު އޯގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. ޢަންމަ ފޮތް ރެކޯޑްކުރީ ކުޑަކުދިން ރާގަށް ކިޔަވަން ދަސްކުރުމަށްޓަކައި، އެކުދިންނަށް އެހީތެރިވުމުގެ ގޮތުންނެވެ. ވީޓީވީ އާ ގުޅިގެން ޢަންމަ ފޮތުގެ މި ރެކޯޑިންއަށް މުޙައްމަދު ޢާސިފްގެ އަޑުފުޅުން ދިވެހި ތަރުޖަމާ އަޅާފައިވެއެވެ. ޢަންމަ ފޮތުގެ ރެކޯޑިންގެ ސީޑީ ގިނަބަޔަކަށް ފޯރުކޮށްދެވުނެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޤުރުއާން ވެބްސައިޓްތަކުންނާއި ދިވެހިރާއްޖޭގެ ޤުރުއާން އެޕް ތަކުން ވެސް އަޑުއަހާލެވެން ހުންނާނެއެވެ. މިމަސައްކަތް ފުރިހަމަކުރުމަށްޓަކައި “ޑައިސް މީޑިއާ ސްޓޭޝަން” އާއި “މައިންޑް އާރޓް”އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.