125

“ވަގުތު ހަވާސް” ގެ ދެވަނަ އެޕިސޯޑް ޑރ.ޝަހީމްއާއި އެކު!

އޮންލައިންކޮށް މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލު ކުރަން އާންމުންގެ ތެރޭގައި މަގްބޫލް ކަން ހޯދާފައިވާ “ކްލަބް ހައުސް” މެދުވެރިކޮށް “ވަގުތު” އިން ގެނެސްދޭ “ހަވާސް” ގެ ދެވަނަ ޝޯގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވަމުންދާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަޑައިގަންނަވަން ނިންމާފިއެވެ.
މި ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑް އޮންނާނީ މާދަމާ ރޭ 21:00 ގައެވެ. “ކްލަބް ހައުސް” ގައި އޮންނަ އެ ޕްރޮގްރާމް “ވަގުތު” ގެ ފޭސްބުކް ޕޭޖްގައި ވެސް ލައިވް ކުރާނެއެވެ.

މި ޕްރޮގްރާމަކީ “ވަގުތު” ގެ ނޫސްވެރިޔަކާއި ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅުންނާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި “ވަގުތު” އިން ކުރާ ސުވާލުތަކަށް ޕްރޮގްރާމްގެ ބައިވެރިން ޖަވާބު ދެއްވާނެއެވެ. އަދި އާންމުންނަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ޝަހީމް ހިމެނިވަޑައިގަންނަވައެވެ.

އޭނާއަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމަމުގެ އިތުރުން އެ މިިނިސްޓްރީގެ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.

އަދި ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވެވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންގްމޭޓެއްގެ ގޮތުގައި ޝަހީމް ނިކުންނެވިިއެވެ. ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމިނަށް ވާދަނުކުރެއްވިއްޖެ ނަމަ އެޕާޓީގެ ޓިކެޓު ޝަހީމްއަށް ލިބިދާނެ ކަމަށް ބައެއް ބޭފުޅުން ލަފާކުރައްވައެވެ. އޭނާއަކީ ޕީޕީއެމް-ޕީއެންސީ ގިނަ ސަޕޯޓަރުންގެ މެދުގައި ގަދަރާއި އިހްތިރާމް ލިބިފައިވާ ބޭފުޅެކެވެ.

ވަގުތު އޮންލައިން

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *