ސ. މީދޫ، ދެކުނުގޭ ފަޟީލަތުއްޝައިޚު ޖަޢުފަރު ފާއިޒު އަވަހާރަވީ ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެކުގައެވެ. މި ހިތާމަވެރި ވަގުތުގައި، އެމަނިކުފާނުގެ ލޮބުވެތި ޢައިލާއަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. ފަޟީލަތުއްޝައިޚު ޖަޢުފަރު ފާއިޒަކީ، އިސްލާމީ ދަޢުވަތުގެ މަސައްކަތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޒާހިދު ބޭފުޅެކެވެ. މާތް ﷲ އެމަނިކުފާނަށް ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.