180

އަފްޣާނިސްތާނުގައި އަމާންކަމާއި ޞުލްޙަވެރިކަން ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން މުހިންމު.

އަފްޣާނިސްތާނަކީ މުސްލިމު ޤައުމެއް. ލޭ އޮހޮރުވުން ހުއްޓި އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމާއެކު އުޅުމުގެ ޙައްޤު އޮންނަންޖެހެއެވެ. ހަނގުރާމަތަކުގެ ސަބަބުން އެޤައުމުގެ ރައްޔިތުންވަނީ އެތައް ވޭނަކާއި ހިތާމައެއް ތަޙައްމުލުކޮށްފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢާއި ޚާއްޞަކޮށް އިސްލާމީ އުންމަތުގެ މައްޗަށް އޮތް މަސްއޫލިއްޔަތަކީ ޞުލްޙަވެރިކަމާއި ހަމަޖެހުމާއި އަމާންކަމާއި އެކު އުޅެވޭނެ މުޖުތަމަޢަކާއި ޒަމާނީ ދައުލަތެއް ޤާއިމު ކުރުމުގައި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުންކަމުގައި ދެކެމެވެ. އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމުކުރުމުގައި ދިވެހިރާއްޖެ ފަދަ ޤައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމުވާނެވެ.
އަފްޣާނިސްތާނުން އިންސާނިއްޔަތަށް ލިބުނު ފިލާވަޅަކީ އިސްތިއުމާރީ ޢަސްކަރީ ބާރުތަކުން އެއްވެސް ޤައުމެއް އަޅުވެތި ނުކުރެވޭނެކަމާއި ކިތައްމެ ދިގުލައި ދިޔަސް އިސްތިއުމާރީ ބާރުތައް ޤައުމުތަކުން ނިކުންނަންޖެހޭނެކަމާއި އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ވިއްކާލައި ދީނަށް ޚިޔާނަތްތެރިވެ ބޭރު މީހުންގެ އުންމީދުތަކާ އެއްގޮތަށް ޤައުމުގެ މިޞްރާބު ހިފާ ކޮންމެ ފަރާތްތަކަށް އޮތީ ނާކާމިޔާބު ކަމެވެ. މާތް ﷲ، އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެކުވެރިކަމާއި ސަލާމަތާއި ރައްކާތެރިކަން މިންވަރު ކުރައްވައި ފިތުނަ ފަސާދައާއި ލޭ އޮހޮރުވުމާއި ނިރުބަވެރި ޢަމަލުތަކުން އެ ޤައުމު ސަލާމަތްކުރައްވާށި. އާމީން

 

 

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *