އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ސްޕޮންސަރކޮށް ޕަބްލިޝްކޮށްފައިވާ ” ޒަކާތުގެ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު” މި ފޮތް ބޭންކަށް ހަދިޔާކުރައްވައިފިއެވެ. މިފޮތަކީ މައިގަނޑު ގޮތެއްގައި ޒަކާތާބެހޭ ޒަމާނީ ފިޤުހީ އުޞޫލުތަކުގެ އަލީގައި މިޒަމާނުގައި ޒަކާތާ ބެހޭ ހަރުދަނާ ޒަމާނީ އިދާރީ ނިޒާމެއް ޤާއިމު ކުރުމާ ބެހޭ ގޮތުން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވާފައިވާ ފޮތެކެވެ.