male_grand-friday-mosque_920x500

އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް އުފެއްދުން

ދިވެހިރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހާ ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން،” އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް” ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކެން.

އަަޅުގަނޑުގެ ނަޒަރުގައި، ވުޒާރާއެއްގެ ބަދަލުގަައި މިގޮތައް ޤާނޫނެއްގެ ދަށުން ކައުންސިލެއް ޤާއިމުކުރެވިއްޖެ ނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ޤައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވޭނެ.

މި ފަދަ ގޮތަކަށް މަޖުލީހެއް އަންނަ އިރު، ޚާއްޞަކޮށް އެތަނުން ދޭ ޝަރުޢީ ލަފާ އަކީ ޤާނޫނީ ގޮތުން ބުރަދަން ހުރި އެއްޗެއްގެ ގޮތުުގައި ކަނޑައެޅިފައި އޮންނަންވާނެއެވެ. ޤާނޫނެއްގެ ދަށުން ދައުލަތުގައި މި ފަދަ މަޖްލީހެއް ޤާއިމު ނުކުރެވޭ ނަމަ، ރަނގަޅު ގޮތަކީ ދައުލަތުގެ ފެންވަރުގައި އިސްލާމީ ކަންކަން ހިންގުމަށް ވުޒާރާއެއް ހުރުން ކަމުގައި ވެސް ދެކެމެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *