site cover

ޑރ. ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްފި

ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ.

އަމިއްލަ ރަސްމީ ވެބްސައިޓެއް ރަސްމީކޮށް އިފްތިތާޙް ކުރެއްވިކަން ހާމަކުރައްވައި މިއަދު އެ މަނިކުފާން ވިދާޅުވެފައި ވަނީ މި ވެބްސައިޓް އުފެއްދުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތުގެ އަސާސްތައް ކުރިއަރުވައި އިޞްލާޙީ ފިކުރީ މަސައްކަތް ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ.

އަދި މިފަދަ ވެބްސައިޓެއް އުފައްދައި ޢިލްމީ، އިދާރީ، އިޖުތިމާޢީ، ބައިނަލްއަޤުވާމީ ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް ޖަމާކުރުމަކީ މީގެ އަހަރުތަކެއް ކުރިން ވެސް ކުރަމުން އައި އުންމީދެއް ކަމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނެ ކަމަށާއި މިގޮތުން ފޮތްތަކާއި ތަޤުރީރުތަކާއި ދީނީ ލެކްޗަރތަކާއި ޢިލްމީ ލިޔުންތަކާއި ދިރާސާތައް ޕަބްލިޝްކުރެވޭނެ ކަމަށާއި އަދި ވަކިން ޚާއްޞަކޮށް ޢިލްމީ ދާއިރާގެ މަސައްކަތްތަކަށް އިސްކަންދީ އެ މަސައްކަތްތައް މި ވެބްސައިޓަށް ޖަމާކުރެވިގެން ދާނޭ ކަމުގައި ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

Dr. Shaheem

ޑރ.ޝަހީމްވަނީ ރާއްޖެއަށް މިހާތަނަށް ވެސް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން އެ މަނިކުފާން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައިވެއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ މި ވެބްސައިޓު މެދުވެރިކޮށް ކިޔަވާކުދީންނާއި ބާޙިޘުންނަށް ވެސް އެއިން ފައިދާކުރާނެކަމަށެވެ. އަދި މި ވެބްސައިޓް ފަރުމާކޮށް، މި މަސައްކަތް ކޮށްދެއްވި ޒަމާންވީ އެކުވެރި އަޚު އަލީ އަހުސަން އަށާއި އަޝްފާޤާއި އަދި އަބޯގެ ނަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިއީ ތިލަދުންގައި ޝާއިޢުކޮށްފައިވާ ޚަބަރެކެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *