4236-1

އިސްލާމީ ޝަރީޢަތުގެ މަތިވެރި ސިފަތައް

ޝައްކެއްނެތް ގޮތުގައި އިސްލާމީ ޝަރީޢަތަކީ އެހެނިހެން ސަމާވީ ޝަރީޢަތްތަކާއި ވަޟުޢީ ނިޒާމުތަކެއްގެ މައްޗައް ﷲ މާތްކުރައްވާފައިވާ ޝަރީޢަތެވެ. އަދި ހަމަ އެހެންމެ މިފަދަ މަތިވެރި ސިފަތަކެއް ލިބިގެންވާ އެހެން އެއްވެސް ސަމާވީ، އަދި ފަލްސަފީ ނިޒާމެއް ދުވަހަކުވެސް މިދުނިޔެއަށް އައިސްފައި ނުވެއެވެ. އަދި ނުވެސް އަންނާނެއެވެ.
އިސްލާމީ ޝަރީޢާއަކީ ވަކި ޖަމާޢަތަކަށް ބާވާލެއްވުނު ޝަރީޢަތެއްނޫނެވެ. އެއީ ވަކި ޖަމާޢަތަކުން ބޭނުންވެގެން ކަނޑައެޅުނު ޙުކުމްތަކެއްވެސްނޫނެވެ. އެއީ ﷲގެ ޙަޟުރަތުން ފުރިހަމަވެގެން ބާވާލެއްވުނު ޙުކުމްތަކެކެވެ. އެންމެހާ އިންސާނުންނަށެވެ. ކަޅުމީހުންނާ ދޮންމީހުންނަށެވެ. ޢަރަބީންނާއި އަޖަމީންނަށެވެ. އެހެން އެއްވެސް ވަޟުޢީ ނިޒާމަކަށް ލިބިގެން ނުވާ ޚާއްޞަ ޞިފަތަކެއް އިސްލާމީ ޝަރީޢަތަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި މަތިވެރިކަމާއި ފުރިހަމަކާއި ހަމަހަމަ ކަމާއި މިނިވަންކަން ހިމެނެއެވެ. (އަލްއަޢުދާ, 2010)

ރައްބާނިއްޔަތު
އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ކޮންމެ ޙުކުމަކީ ވެސް ފުރިހަމަ ޙުކުމެކެވެ. އަދި ކޮންމެ ޙުކުމަކީ ވެސް މަތިވެރި ޙުކުމެކެވެ. ކޮންމެ ޙުކުމަކީ ވެސް ބަދަލެއް ނައިސް ޤިޔާމަތަށް ދާންދެން ދެމިގެންދާނެ ޙުކުމެކެވެ. އިސްލާމީ ޝަރީޢަތުގައި ވަކި ގޮތަކަށް ކަމެއް ކަނޑައެޅިފައިވާ ނަމަ މުއުމިނުންގެ ސިފައަކީ އެއަށް ބޯލަނބައި ކިޔަމަންގަތުމެވެ. މިމަތިވެރި ކަމަކީ އިސްލާމީ ޝަރީޢަތް ނޫން އެހެން ޤާނޫނަކަށް ލިބިގެންނުވާ މަތިވެރިކަމެކެވެ.

އިސްލާމީ ޝަރީޢަތަށް ލިބިގެންވާ އެންމެ މާތް ސިފައަކީ ރައްބާނިއްޔަތުކަމެވެ. ﷲގެ ޙަޟުރަތުން ބާވާލައްވާފައިވާ އިލާހީ ޝަރީޢަތަކަށް ވުމެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތަކާއި، ޤަވާޢިދުތަށް ފެށިގެން އަންނަނީ ވަޙީ ކަމުގައިވާ ޤުރުއާނާއި ޞައްޙަ ސުންނަތެވެ. ވަޟުޢީ ޤާނޫނުތަކުގެ މައްޗަށް އިސްލާމީ ޝަރީޢަތް ތިންކަމަކުން ޚާއްޞަވެގެންވެއެވެ. އެއީ ފުރިހަމަކަމާއި، މަތިވެރިކަމާއި ދެމިގެންވުމެވެ. (އަލްއަޢުދާ, 2010)

ކޮންމެ ގޮތެއްވިޔަސް، އިންސާނާ އަކީ ﷲގެ ޝަރީޢަތް ބިންމަތީގައި ޤާއިމު ކުރުމަށް ލެއްވިގެންވާ ޚަލީފާއެވެ. ވީމާ އޭނާއަކީ ނާއިބެވެ. އަސްލު ވެރިފަރާތަކީ ﷲ އެވެ. ޙުކުމް ކަނޑައަޅުއްވަނީ ﷲ އެވެ. އެޝަރީޢަތުގައި ޙާކިމަށް، ނުވަތަ ވެރިޔާ އަށް ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ* أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ) (المائدة: 49-50) މާނައީ : ”އަދި ﷲ ބާވައިލައްވާފައިވާ ޙުކުމަށް އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރަށްވާށެވެ! އަދި، އެބައިމީހުންގެ އެދުންތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ޙުކުމްތަކުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެބައިމީހުންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ އެބައިމީހުން ޤުރުއާނުގެ ޙުކުމަށް ފުރަގަސް ދީފިނަމަ، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އިރާދަކުރައްވާފައިވަނީ، އެބައިމީހުންގެ ބައެއް ފާފަތަކުގެ ސަބަބުން، އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުން ކަންކަށަވަރެވެ. ފަހެ އެބައިމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ އަދި ޔަޤީން ކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމުގައި މޮޅީ ކާކުހެއްޔެވެ؟

އަދި ހަމައެފަދައިން ޙުކުމަށް ތަބާވާން ތިބި ރައްޔިތުންނަށް އަމުރުކުރައްވައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. (إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ) ( النور: 51) މާނައީ: ” އެބައިމީހުންގެ މެދުގައި ޙުކުމެއް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވައިލައްވައިފި ހިނދަކު މުއުމިނުންގެ ބަހެއްކަމުގައި ވާކަންކަށަވަރީ ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނުމެވެ. އަދި ދިންނަވައި ނަޞީބުލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ.”

މި ގޮތުން އިސްލާމީ ޝަރީޢަތުގެ ހުރިހާ ޙުކުމަކީ ވެސް އިޙުތިރާމް ލިބިގެންވާ މަތިވެރި ޙުކުމްތަކެކެވެ. އެއީ އިލާހީ ޝަރީޢަތަކަށް ވުމުގެ ސަބަބުން މީސްތަކުންގެ ހިތްތަކުގައި އެއަށް މަތިވެރި ޤަދަރެއް ދެވިފައިވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ:( يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) (النساء:59 ) މާނައީ:[ އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ޙައްޤަށް ތަބާވުމަށް އަމުރުކުރާ ދަންނަބޭކަލުންނަށާއި، ﷲ އަށް ކިޔަމަންވުމަށާއި، ދުނިޔަވީ ކަންކަމުގައި ޢާއްމު މަޞްލަޙަތު ރިޢާޔަތްކޮށް ތިޔަބައިމީހުންގެ ވެރިންކުރާ އަމުރަށް ކިޔަމަންވާށެވެ! ފަހެ ދީނާއި ދުނިޔޭގެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަމަކާމެދު ޙުކުމް އޮތް ގޮތް ބަލައި އެއާ އެއްގޮތަށް ޢަމަލުކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާކަމުގައިވަނީ ނަމަ އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ. ]
ހުރިހާ ދާއިރާއެއްގައި ވެސް އިސްލާމްދީނުގެ ޙުކުމްތައް ތަންފީޒުކުރުމަކީ މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

އަޚުލާޤިއްޔާތު
އިސްލާމީޝަރީޢަތަކީ ރިވެތި އަޚުލާޤާއި، މާތް އަދަބުތަކުގެ މައްޗައް އެކުލެވިގެންވާ، ދެވަނައެއް ނެތް މަތިވެރި ޝަރީޢަތެކެވެ. ކީރިތި ރަސޫލާ ނަބީކަމާއިގެން ފޮނުއްވުމުގެ މަޤުޞަދަކީ ރިވެތި އަޚުލާޤު އާލާކޮށް ދިރުވުމަށެވެ. މިޙަޤީޤަތް ކަށަވަރުކޮށްދެއްވަމުން ލޮބުވެތި ނަބިއްޔާ ޞައްލައްﷲ އަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ: (إِنَّماَ بُعِثْتُ لِأُتَمِّمَ مَكاَرِمَ الأَخْلاَقِ) (رواه البخاري في الأدب المفرد:273) މާނައީ: [ތިމަންކަލޭގެފާނު ފޮނުއްވިގެންވާކަންކަށަވަރީ ރިވެތިއަޚްލާޤު ފުރިހަމަކުރެއްވުމައްޓަކައެވެ. ]

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޚުލާޤުގެ ތެރޭގައި އިންސާނާ އޭނާގެ ވެރި ރަސްކަލާނގެ އާމެދު ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި އޭނާގެ އަމިއްލަ ނަފްސާމެދު ކަންކަން ކުރަންވީ ގޮތާއި އޭނާގެ ވަށައިގެންވާ އެހެނިހެން އިންސާނުންނާމެދު މުޢާމަލާތުކުރަންވީ ގޮތް ބަޔާންކުރައްވާފައިވެއެވެ.

އިންސާނާގެ އެންމެ އަގުބޮޑު ޖަވާހިރުކަމުގައިވާ އޭނާގެ ބުއްދި ޙިމާޔަތްކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ރާ ޙަރާމް ކުރެއްވިއެވެ. ޙައްޤާއި ބާޠިލްވަކިކޮށް ދެނެގަތުމުގެ ވަސީލަތަކީ ބުއްދިއާއި ފިކުރުމުގައިވާތީއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ) ( المائدة: 90-91) “އޭ އީމާންވީ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި ޖުވާ ކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައި މީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބޭތޯއެވެ. ޝައިޠާނާ އެދޭ ކަން ކަށަވަރީ ރާ އާއި، ޖުވާގެ ސަބަބުން ތިއަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާ، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ.”

އަދި ޒިނޭ ޙަރާކުރައްވައި އިންސާނީ މުޖްތަމަޢުގެ ނަސްލު ޙިމާޔަތް ކޮށްދެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ ( وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً) (الإسراء: 32 ) މާނައީ : [ އަދި ތިޔަބައި މީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަންބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައި ވެގެންވެއެވެ. ]
އަދި ހަމަ އެއާއެކު އީމާންތެރި، ހެޔޮލަފާ، އަދި މައިންބަފައިންނަށް ކަމޭހިތާ، ކުޑަކުދިންނަށްއޯގާތެރި ފާހިޝް ކަންކަމުން ދުރުވެގެންވާ، ރަނގަޅުމުޖްތަމަޢެއްބިނާކުރެއްވުމަށް ބާރު އަޅުއްވައި ވަޙީކުރަށްވާފައިވެއެވެ: (۞ قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ) ( الأنعام: 151) މާނައީ : [ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެ އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮންހިތާށެވެ! ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާށެވެ! މިކަންތައްތަކާމެދު އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައި މީހުން ވިސްނުމަށްޓަކައެވެ. ]

އަދި ހަމަ އެހެންމެ އަބުރުވެރި ޢިއްފަތްތެރި ލާމަސީލު މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢުވުމަށްޓަކައި އެބައިމީހުންގެ ބެލުންތައް ތިރިކޮށް، ލަދުވެތިގުނަވަންތަކާއި މެދު ރައްކާތެރިވެތިބުމަށް ބާރުއަޅުއްވައި އަންގަވައެވެ : (قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ) ( النور: 30 ) މާނައީ : [ އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ ޢައުރަ ރައްކައުތެރިކުރުމަށް، މުއުމިން ފިރިހެނުންނަށް ކަލޭގެފާނުވިދާޅުވާށެވެ. އެގޮތް އެބައިމީހުންނަށް ރައްކާތެރިކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެބައިމީހުން ކަންތައް ކުރާގޮތް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

އަދިވެސް ވަޙީކުރައްވާފައިވެއެވެ. (وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) ( النور :31 ) [ އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަބަލުންގެ އަޚުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރައަކީ ކޮބައިކަން ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ އެއްމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.]

އަދި ހަމަ އެފަދައިން ކައިވެންޏާއި ވަރީގެ ކަންކަމުގައި ވެސް ހަރުދަނާ އަޚުލާޤީ ޤަވާޢިދުތަކެއް އިސްލާމީ ޝަރީޢަތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އައްޠަލާޤު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا * إِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ وَأَقِيمُوا الشَّهَادَةَ لِلَّـهِ ۚ ذَٰلِكُمْ يُوعَظُ بِهِ مَن كَانَ يُؤْمِنُ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا) (الطلاق: 1-2) މާނައީ: ” އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން تقوى ވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ نفس އަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ. ފަހެ، އެކަނބަލުންގެ عدّة ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި رجوع ކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން عدل ވެރި ދެމީހުން ހެކިކުރާށެވެ! އަދި اللَّه އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނަށް نصيحة ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.

މިއީ އިންސާނީ މުޖުތަމަޢު ހެޔޮގޮތުގައި ތަރުބިޔަތުކޮށް އަޚުލާޤީ މިންގަނޑު ހިފަހައްޓަން ޖެހޭ ގޮތެވެ. ހަމަ މިއާ ވިދިގެން، ތިމާވަށައިގެންވާ އެހެނިހެންތަކެއްޗާއި، ޖަނަވާރުންނާމެދު ވެސް ކަމޭހިތައި އިޙުސާންތެރިކޮށް ހިތުމަށް މާތްވެގެންވާ އިސްލާމް ދީން ބާރު އަޅާފައިވެއެވެ. ސަލާމާއި ޞަލާވްތްލެއްވި އިތުރު ރަސުލާ ޙަދީޘް ކުރަސްވާފައިވެއެވެ: (إِنَّ اللهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذاَ قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَ إِذاَ ذَبَحْتُمْ فَأَحْسِنُوا الذبْحَ) رواه مسلم:1955 މާނައީ:[ ހަމަކަށަވަރުން ކޮންމެ އެއްޗަކާއިމެދު އިޙުސާންތެރިކޮށްހިތުމަށް ﷲ އަމުރުކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން ޤިޞާޞް ހިފުމުގައްޔާއި، އަދި މިނޫނަސް ޝަރުޢީހަމަތަކުގެ މަތިން ކުރާ ޤަތުލުގައި، އެޤަތުލުކުރެވޭ ފަރާތާއި މެދު އޯގާތެރިވާށެވެ! އަދި ތިޔަބައި މީހުން ކަތިލާ ހިނދު އެކަތިލެވޭ އެއްޗަކާއިމެދު ވެސް އޯގާތެރިވާށެވެ.]

ލުއިފަސޭހަކަން
އިސްލާމީޝަރީޢަތަކީ އިންސާނާ އަށް ހުރިހާކަމެއްގައި ވެސް ލުއިފަސޭހަ ގޮތްތަކެއް އައިސްފައިވާ މަތިވެރި ޝަރީޢަތެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ) ( البقرة: 185 ) މާނައީ:[ ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އެދިވޮޑިގަންނަވައެވެ. އަދި ދަތި އުނދަގޫގޮތްތައް ތިޔަބައިމީހުންނަށް މެދުވެރިކުރައްވާކަށް އެދިވޮޑިނުގަންނަވައެވެ.]
އަދި ވެސް ވަޙީކުރައްވާފައިވެއެވެ. ( يُرِيدُ اللَّهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ الْإِنسَانُ ضَعِيفًا) (النساء:28) މާނައީ: [ ﷲ އެދިވޮޑިގެންވަނީ، ތިޔަބައިމީހުންނަށް ލުއިކޮށްދެއްވުމަށެވެ. އަދި އިންސާނާ ހައްދަވާފައިވަނީ އެދުންތަކުގެ ކުރިމަތީގައި ނިކަމެތިވެގެންވާ މީހެއްކަމުގައެވެ.”

އިސްލާމީ ޝަރީޢަތުގައި ޙުކުމްތައް ކަނޑައެޅުއްވުމުގައި ލުއިފަސޭހަކަމުގެ މަބުދައު ނަގަހައްޓާފައިވެއެވެ. މިގޮތުން އަޅުކަމާއި މުޢާމަލާތުގައި ވެސް ލުއިފަސޭހަކަން ދަމަހައްޓާފައިވެއެވެ. މިގޮތުން އަޅުކަން އަދާކުރުމުގައި ބަލިމީހާއާއި ދަތުރުވެރިޔާއަށް ލުއިފަސޭހަކޮށްދިނުމާއި ޢުޤޫބާތުގެ ޙުކުމްތައް ޤާއިމުކުރުމުގައި ޝަރުޢީގޮތުން ޤަބޫލުކުރެވޭ ޢުޒުރު ތަކެއް މެދުވެރިވެއްޖެ ނަމަ އެޙުކުމް ތަންފީޒުކުރުން ލަސްކުރުން ފަދަ ކަންކަން ޖާއިޒު ކުރައްވާފައިވެއެވެ.

ޝާމިލުކަން
އިސްލާމީޝަރީޢަތަކީ ހަމައެކަނި އަޅުކަމުގެ ޝަރީޢަތެއްނޫނެވެ. އަދި ކިއެއްތޯ ހަމަ އެއީ އިންސާނާ އަށް ހުރިހާ މައިދާނެއްގައިވެސް ހިދާޔަތް ދައްކަވާ އިލާހީޤާނޫނެވެ. އެހެނިހެން ދީންތަކުގެ މައްޗަށް މިގޮތުން އިސްލާމީ ޝަރީޢަތް ކުރި ހޯދާފައިވެއެވެ.

(ހ) އަޅުކަމުގެމައިދާނުގައި ވަޙީކުރައްވައެވެ: (وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ) (البقرة: 43 ) މާނައީ: [ އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ. އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ.]
(ށ) ހަމައެއާއެކު އާއިލީމައިދާނުގައި ވަޙީކުރައްވާފައިވެއެވެ:( يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ) ( النساء:19 ) މާނައީ: )އޭ އީމާންވީ މީހުންނެވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށްގަތުމަކީ، ތިޔަބައިމީހުންނަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި ފާޅުވެގެންހުރި، ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ކޮށްފިކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެތެރެއިން ބައެއްވިޔަސް އަތުލައިގަތުމަށްޓަކައި، އެކަނބަލުންނަށް ދަތި ނުކުރާށެވެ! އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާއި ނުރުހުންތެރިވެއްޖެނަމަ ދަންނާށެވެ! ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންވެދާ އެއްޗަކީ އެއެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފައިވާއެއްޗެކެވެ.

(ނ) ވިޔަފާރީއާމެދު ވަޙީކުރައްވާފައިވެއެވެ: ( يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا) ( النساء: 29) މާނައީ: [އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެތެރެއިން، ދެފަރާތުގެ ރުހުމުގެ މައްޗައް އޮންނަ ވިޔަފާރިއަކުން މެނުވީ ބާޠިލު ގޮތްގޮތުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ރަޙީމް ވަންތަ ކަލަކު ކަމުގައި ﷲ ވެއެވެ.] وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ ( البقرة: 275 ) މާނައީ: [ ﷲ ވަނީ ވިޔަފާރިކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ޙަރާމްކުރައްވައެއެވެ. ]

(ރ) އަދި ޢުޤޫބާތް ދިނުމުގައި ވަޙީކުރައްވާފައިވެއެވެ:( الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ) ( النور: 2) މާނައީ: [ ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ﷲ އަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ، ޙައްދު ޤާއިމު ކުރުމުގައި އެދެމީހުންނާއިމެދު އެއްވެސް ކަހަލަ އޯގާވެރިކަމެއް ތިޔަބައިމީހުން ނުބާއްވާށެވެ! އަދި އެދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ. ]

(ބ) ބައިނަލްއަޤުވާގުޅުންތަކާއި ދީނާއިހުރެ މުސްލިމުންނާ ހަނގުރާމަނުކޮށް އުޅޭ ޣައިރު މުސްލިމުންނާމެދު ބަހައްޓަންޖެހޭ ގުޅުމަށް އިޝާރާތްކުރައްވައި ވަޙީ ކުރައްވާފައިވެއެވެ: (لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ) ( الممتحنة:8) [ތިޔަބައިމީހުންގެ ދީނާއިހުރެ، ތިޔަބައިމީހުންނާއި ހަނގުރާމަ ނުކުރާ އަދި، ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތުމަށާއި އަދި، އެބައިމީހުންނާމެދު ޢަދުލުވެރިގޮތުގައި ކަންތައް ކުރުން ތިޔަބައިމީހުންނަށް ﷲ މަނައެއް ނުކުރައްވައެވެ. ހަމަކަށަވަރުން ޢަދުލުވެރީންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.]

(ޅ) އިސްލާމީ ޝަރީޢަތުގެ ކުރިމަތީގައި އެންމެހާ މީސްތަކުން ހަމަހަމަ ވެގެން ވެއެވެ. އިސްލާމީ ޝަރީޢަތަކީ އެންމެ ފުރަތަމަ ބާވާލެއްވުނު ދުވަހުން ފެށިގެން ވެސް ހަމަ ހަމަ ކަމުގެ އުސޫލު މީސްތަކުން ގެ މެދުގައި ޤާއިމު ކޮށްފައިވާ ޝަރީޢަތެކެވެ. މި ކަން އަންގަވަމުން މާތް ﷲ ވަޙީ ކުރައްވާފައިވާނީ : ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ) ( الحجرات:13 ) [ އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ ތިޔަބައިމީހުން ހެއްދެވީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ. އަދި ތިމަން ﷲ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ އެންމެ ތަޤުވާވެރިމީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ. ]

މި އުސޫލު ތަކަކީ މުޅިއިންސާނިއްޔަތުގެ މަޞްލަޙަތަށްޓަކައި ﷲ ބާވާ ލައްވާފައިވާ މަތިވެރި އުސޫލުތަކެކެވެ. މިއީ ކުރުގޮތަކަށް އިސްލާމީޝަރީޢަތުގެ މައިގަނޑު އުޞޫލީ ސިފަތަކާމެދު ބަލާލި ބަލާލުމެކެވ

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *