FB_IMG_1605734682210

މިސްކިތްތައް މަަރާމާތުކުރުމަށް މިސްކިތް ފަންޑުން ފައިސާ ހޯދާށެވެ!

މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލްތަކުގައި ފައިސާނެތިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބޭތީ ދަންނަވަން. ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެއެވެ. އަދި މިސްކިތްފަންޑުގެ ވަޤުފު ބިލްޑިނގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާއެވެ. ވީމާ ކައުންސިލްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ މަޝްވަރާކޮށްގެން އެފައިސާ ހޯއްދަވައިގެން މިސްކިތްތައް މަރާމާތު ކުރައްވާށެވެ. މިސްކިތް ބަލަހައްޓަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންކަމުގައިވަނީ ނަމަ މިސްކިތްފަންޑުގެ ފައިސާއިން ކައުންސިލްތަކަށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެމެވެ.

ދާރުލްއީމާން ވަޤުފު ބިނާއަކީ މިސްކިތްތަކަށްޓަކައި ޤާއިމުކުރި ބިނާއެކެވެ. އެތަނުގެ ކުލިން ލިބޭ ހުރިހާ ފައިސާއަކީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ޙައްޤެކެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *