20211015_173730

އދ. ދަނގެތީ މޮނާޒް މަޙްމޫދުބެގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުން.

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރު، އަނިޔާވެރި ގޮތަކަށް މަރާލި ޚަބަރު އަޑު އެހީ ވަރަށް ފުން ހިތާމައާއެކުގައެވެ. މި ހިތާމަވެރިވަގުތު، މަހްމޫދުބެގެ ޢާއިލާއާއި ދަނގެތީގެ ލޮބުވެތި ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަމަވެ. މަޙްމޫދުބެގެ ޢާއިލާއަށް ކެއްތެރިކަން ދެއްވައި، މަޙްމޫދުބެ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަމެވެ. އާމީން. އަދި މި އަނިޔާވެރި ޢަމަލު ތަޙުޤީޤުކޮށް، އެ ޢަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށަ ވެސް ގޮވާލަމެވެ. މިފަދަ އަނިޔާވެރި ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *