ނަޞްރުގެ ދުވަހުގެ ތަހުނިޔާ އެންމެހާ އަޚުންނާއި އުޚުތުންނަށާއި ދިވެހިރާއްޖޭގެ ފަޚުރުވެރި ސަލާމަތީ ބާރުތަކަށް އަރިސްކުރަން. ނަޞްރުގެ ދުވަހުން ލިބޭ ފިލާވަޅަކީ ޤައުމުގެ ދީނާއި މިނިވަންކަމުގެ ދިފާޢުގައި އެންމެ ފަހު ނޭވަޔަށް ވެސް ޤުރުބާނީ ވާން ޖެހޭނެކަމެވެ. ޤައުމުގެ މަތީ މަޞްލަޙަތުތައް ހުރިހާ ކަމަކަށް ވުރެ އިސްވެގެންވާނެ ކަމެވެ. އަދުގެ ޒުވާންޖީލުން ފިލާވަޅު ލިބިގަންނަންވީ ޝަހީދު ޙުސައިން އާދަމާއި އެ ޤައުމީ ބަޠަލާއެކު ޝަހީދުވި އެހެނިހެން އަބްޠާލުންގެ މަތިވެރި ޖިހާދުންނެވެ. އަދުގެ ޢަސްކަރީން ވެސް ޢަޒުމް އާކުރަންވީ އެ މަތިވެރި ޒިކުރާއިންނެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވި އަބްޠާލުންނާއި އެންމެހާ ރައްޔިތުންނަށް މާތް ﷲ ރަޙުމަތްލައްވާށި. ދިވެހި ޤައުމަށް އަމާންކަމާއި ޞުލްޙަވެރިކަން މިންވަރު ކުރައްވާށި. އާމީން.