116

” މޯލްޑިވްސް ޒަކާތު ހައުސް” ދިވެހިރާއްޖޭގެ ޒަކާތު ގޭގެ ތަޞައްވުރު

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިޞްލާޙުކޮށް؛ ޒަމާނަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކޮށް ޒަކާތާބެހޭ ޚާއްޞަ އިދާރާއެއް ރާއްޖޭގައި ޤާއިމުކުރުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ބޭނުންތެރިކަމެކެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ މުނާސަބު ގޮތަކީ ކުވައިތުގައި ހުންނަ ފަދަ ޒަކާތު ގެއެއް ރާއްޖޭގައި އުފެއްދުމެވެ. (މޯލްޑިވްސް ޒަކާތު ހައުސް) ގެ ނަމުގައި ޤާނޫނެއްގެ ދަށުން ވަކި އިދާރާއެއް އުފެއްދިދާނެއެވެ. އެ އިދާރާ ހިންގަން ދައުލަތުގެ ފައިސާއިން ހޭދައެއް ކުރާކަން ނުޖެހޭނެއެވެ. އެ އިދާރާގެ ހުރިހައި ކަމެއް ހިންގުމާއި އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ދޭނީ ސީދާ ޒަކާތު ފަނޑުންނެވެ. އެހެނީ އެ ފަދަ އިދާރާއެއް އުފެއްދިއްޖެ ނަމަ އެ އިދާރާއެއް ވާނީ ޒަކާތުގެ “ޢާމިލް” އަށެވެ.

ޢާމިލުންނަކީ ޒަކާތް ނަގައި ބަހާ މީހުންނެވެ. މި ޒަމާނުގައި މުދަލު ޒަކާތް ނަގައި ބަހާ މުއައްސަސާ ވާނީ “ޢާމިލު” ގެ މަޤާމުގައިވާ ތަނެއް ކަމުގައި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކެޑަމީގެ ޤަރާރު (3/18/165) ގައިވެއެވެ. މިފަދަ މުއައްސަސާއެއް ޤާނޫނަކުން އުފެދޭ އިރު، ޒަކާތުގެ ފައިސާ ވަކިން ބެލެހެއްޓޭނެ އިދާރީ އިންތިޒާމެއް ޤާނޫނުގެ ތެރެއިން ހަމަޖެހިފައި އޮންނަން ވާނެއެވެ.

 

ޒަކާތާ ގުޅޭ ޒަމާނީ ފިޤުހީ އުޞޫލުތަކާއި ޤާނޫނުގެ ތަޞައްވުރު، ޞ 13

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *