167

ރަމަޟާންމަހާއި އެމަހުގެ ރޯދައިގެ މާތްކަން

ރަމަޟާން މަހަކީ މާތް މަތިވެރި މައްސަރެކެވެ. ރަމަޟާން މަސް ގާތްވުމުން އެމަހުގެ މާތްކަން އުންމަތައް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަ ޙަދީސްކުރައްވާފައިވެއެވެ. (أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ، فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ، وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ، وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ) رواه أحمد (9213)، والنسائي (2106) وصححه الألباني في “صحيح النسائي” (1992). މިބަސްފުޅުގެ މާނައަކީ: ” ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތައް އަތުވެއްޖެއެވެ.  ﷲ ތިޔަބައިމީހުންގެ މައްޗައް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ، އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ، އަދި ބޮޑެތި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއް ހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. (އެބަހީ ލައިލަތުލްޤަދުރިވިލޭރޭ)  އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.”

އަދި ރަމަޟާންމަހުގެ ރޯދައާއިބެހޭގޮތުން ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވެއެވެ. (مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ) رواه البخاري (38)، ومسلم (760).މާނައީ: ” ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” މިޙަދީސް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

މި މަތިވެރި މައްސަރުގައި ހެޔޮ ކަމާއިގެން ޤާއިމުވެ ތިބުމުގެ ތައުފީޤު މާތް ﷲ އަޅަމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން.

ގުޅުންހުރި ލިޔުންތައް
Comments

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *