ބޮޑުގެ މިސްކިތް: ދެން ކިޔާނީ މަސްޖިދުއްދަޢުވާއެވެ. މިއަދު 1.30 ގައި ބިންގާ އެޅިގެންދާ ޒަމާނީ މި މިސްކިތަކީ މާލޭގެ ނުހަނު ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭނެ މިސްކިތަކަށް ވާނެއެވެ. ހަތަރު ބުރިއަށް ބިނާކުރެވިގެންދާ މިތަން ފަރުމާކުރެވިފައިވަނީ ދެ ޖިންސުގެ މީހުންނަށް ނަމާދު ކުރެވޭ ގޮތަށެވެ. މީގެ އިތުރުން ތައުލީމީ ބޭނުމަށް ބޭނުންކުރާ ކްލާސްރޫމްތަކާއި ރިސާރްޗްރޫމަކާއި ކޮންފަރެންސް ހޯލެއް މިތަނުގައި ޤާއިމު ކުރެވިފައިވާނެއެވެ. މިތަން ނިމުމުން މާލެ ސަރަހައްދުގެ ޕްރީ ސްކޫލްތަކުގެ އިސްލާމީ އިވެންޓްތަކަށާއި ޖަމިއްޔާތަކުގެ އިލްމީ، ތަރުބަވީ ބޭނުންތަކަށް ކުއްޔަކާ ނުލައި ލިބިގެންދާނެއެވެ. މިނިސްކިތް ބިނާކުރެވިގެން މިދަނީ ދީލަތި ފަރާތްތަކަކާ މިނިސްޓްރީއާ ގުޅިގެންނެވެ. މިތަނުގައި މިފެންވަރުގެމިސްކިތެއް ޤާއިމު ކުރުމަކީ ސަރުކާރުން ވަރަށް މުހިންމުކަން ދެއްވި ކަމެކެވެ. މި މިސްކިތް ދޮޅު އަހަރު ތެރޭ ނިމޭނެ. އިންޝާ ﷲ.